ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ، މާލޭ ސިޓީގައި ހިންގަމުންދާ އިމާރާތްކުރުމުގެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ.
މިގޮތަށް އަމަލުކުރަން ޖެހޭނީ މާދަމާ މެންދުރު 12:00 ގެ ފެށިގެންނެވެ.
އިމާރާތްކުރުމުގެ މަސައްކަތް ރޭގަނޑު މެެދުކަނޑާލަން އަންގާފައި މިވަނީ މިދިޔަ މަހުގެ 12 ގައި އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
މާދަމާއިން ފެށިގެން ވަކި ވަގުތެއްގައި މާލޭގެ މަގުތަކަށް ނިކުމެ އުޅުން ވެސްް ވަނީ މަނާކޮށްފަ އެވެ.