ads
އިންޑިޔާގެ ކެޕްޓަން ޗެތުރީ
ކޮވިޑް 19 އާއި ގުޅިގެން އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުން މާލީ އެހީވަނީ
ކޮވިޑް 19 އާއި ގުޅިގެން އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އިއުލާން ކުރައްވާފައިވާ ޕީއެމް ކެއާޒް ފަންޑަށް، އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ފައިސާގެ އެހީ ދީފިއެވެ. މި ފަންޑަކީ، ކޮރޯނާއާއި ގުޅިގެން އިންޑިޔާގައި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މާރިޗު މަހުގެ އަށާވީސް ވަނަ ދުވަހު މޯދީ އިއުލާން ކުރެއްވި އިމަޖެންސީ ފަންޑެކެވެ.
Advertisement

އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން، ޕީއެމް ކެއާޒް ފަންޑަށް ފައިސާގެ އެހީ ދިންކަން އިއުލާން ކުރީ ރޭ، އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިކަން އިއުލާން ކުރަމުން ޗެތްރީ ކުރި ޓްވީޓްގައި ބުނެފައިވަނީ، މިއީ އެކަކު އަނެކަކަށް އެހީތެރިވެދޭންވީ ވަގުތުކަމަށެވެ.

"މި އުނދަގޫ ވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭންވީ ވަގުތު. އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ނިންމީ މި އުނދަގުލުން އަރައިގަތުމަށް ވެވުނު އެހީތެރިކަމެއް ވެދޭން."

ޕީއެމްކެއާ ފަންޑަށް އިންޑިޔާގެ ފުޓްބޯޅަ ކުޅުންތެރިން ހަދިޔާ ކުރީ ކިހާވަރެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން އެހެން ކުޅިވަރުތަކުގެ އެތްލީޓުންވެސް އަދި އިންޑިޔާގެ ބޮޑެތި ބައެއް ކުލަބުތަކާއި މަޝްހޫރު މީހުންވެސްވަނީ ޕީއެމް ކެއާޒް ފަންޑަށް އެތައް މިލިއަން ރުޕީސްއެއް ހަދިޔާކޮށްފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް އިންޑިޔާވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ. މިދިޔަ މަހު ފަހުކޮޅު އިންޑިޔާއިންވަނީ ކޮރޯނާއާއި ގުޅިގެން އެކާވީސް ދުވަހުގެ ކާފިއުއެއްވެސް އިއުލާންކޮށްފައެވެ. އިންޑިޔާގައި މިހާތަނަށް މި ބައްޔަށް ހާހަކަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ތިރީހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް