ads
ގދ. ތިނަދޫ
ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭހެން ގާނޫނު އިސްލާހުކޮށްފި
ގދ. ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހު ގެންނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އެކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ގާނޫނަށް މި އިސްލާހު ގެނައީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންނަމަ ވެސް، އެރަށު ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑަނޭޅުމާ ގުޅިގެންނެވެ.

މިއަދު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުމާއި، ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަގާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވި ނަމަވެސް، އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމުގައި މި އިސްލާހުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގޮތަށް ސިޓީއެއް އުފައްދާނަމަ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އުވިގެންދާނެ ކަމުގަ އެވެ. އަދި އެ ހިސާބުން އަތޮޅު ކައުންސިލްގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލަށް ބަދަލުވާނެކަމަށް އެ އިސްލާހުގައިވެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓް 30 ގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އެއީީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އަވަސް އަރުއްވާލައިގެން ކުރެއްވި ކަމެއްގެ ގޮތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ސިފަކުރައްވާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް