ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ސައިބާ ސެކިއުރިޓީ އެޖެންސީގެ މަސައްކަތްތައް ފަށަނީ
ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފެއްދެވި އިދާރާގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމީ ސައިބާ ސެކިއުރިޓީއަށް އޭޖެންސީއެއް ބޭނުންވާކަން ދެނެގަނެ އަފަދަ އިދާރާއެއް އުފެއްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކުރައްވާފަ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ރައީސް ގާއިމުކުރެއްވުމުގެ ބޭނުމަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުން ވެސް އޭގެތެރޭގައި ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް