މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ނަމާދުކުރާ ބަޔަށް ބަޔަމު ގެއްލުން ދީފައިވާކަމަށެވެ. އެގޮތުން ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާަނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވަނީ ގެއްލުންދީ ހަލާކުކޮށްލާފައިވާކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
ހަލާކުކޮށްފައިވާ ބައިތަށް މަރާމާތުކުރުމުގެ މަސައްކަތް މިރޭ ކުރާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ރޯދަަ މަހުގެ ތަރާވީސް ނަމާދަކީ ގިނަ އަދަކަށް އަންހެނުން ކޮންމެ އަހަރަކުވެސް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރިވަމުން އަންނަ ނަމާދެކެވެ.