ads
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ނުޒުހާ----ފޮޓޯ: އައިމިނަތު ނުޒުހާ ޓުވިޓާ
ރުހުން ދިންތާ މަހެއްހާ ދުވަސް ފަހުން ނުޒުހާ ބްރޯޑްކޮމްއަށް އައްޔަންކޮށްފި
ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް އައްޔަންކޮށްފި އެވެ.

ނުޒުހާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިންތާ މަހެއްހާ ދުވަސް ފަހުން އޭނާ އެ މަގަމާށް އައްޔަންކޮށްފައި ވަނީ މިއަދު އެވެ.

މީގެކުރިން ނުޒުހާ އެ މަގާމަށް އައްޔަންކުރުން ލަސްވެފައި އޮތީ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުތަކާ ގުޅިގެން މާލެއިން ބޭރުގައި ގިނަ ދުވަހު ހުންނަވަން ޖެހުމުގެ ސަބަބުން ކަމަށް އެނގިފައިވެ އެވެ.

ނުޒުހާ އެ މާގަމަށް އައްޔަން ކުރުމަށް ރައީީސް އޮފީހަށް ގެންގޮސްފައިނުވާ ކަމަށާއި، އެކަމުގެ ލިޔުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސް އޮފީހުން ފޮނުވީ އޭނާގެ ގެއަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އާއްމު ގޮތެއްގައި މަޖިލިހުގެ ރުހުމާއެކު އައްޔަން ކުރާ މަގާމުތަކުގެ ލިޔުން ދެނީ ރައީސް އޮފީހުގައި ނަމަވެސް، މިފަހަރު އެގޮތަށް އަމަލު ނުކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ނުޒްހާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރަން ނެގި ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދީފައެވެ. 

ނުޒްހާ އައްޔަންކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދީފައިނުވާ އިރު ވޯޓުގައި ބައިވެރިނުވާ 23 މެމްބަރަކު މަޖިލީހުގައި ތިއްބެވެ.

ނުޒްހާއަކީ ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އެ ޗެނަލްގެ ޑެޕިއުޓީ އެޑިޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ބޮރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ގައިސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަސް ފަރާތެއްގެ ނަންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް