ވަޒީރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންމެވެ. ވަޒީރު ޝަޕީއު ވިދާޅުވީ ހުޅުމާލޭގެ 2 ފޭސް ހިމެނޭ ގޮތަށް ޖުމްލަ 6 ސްކޫލް ވީހާ އަވަހަކަށް ބޭނުންވާކަމަށެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި މިވަގުތު ހުރު ހަމައެކަނި ސްކޫލް ސަލާހުއްދީން ސްކޫލަށް ކުދިން ވެއްދުމަށް މިދިޔަ ހަފްތާއާއި ހަމައަށް 800 ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާކަމަށެވެ.
އެހެންކަމުން މިހާރު އެންރޯލްމަންޓް ހުރި ގޮތުން ހުޅުމާލެ ފޭސް 2ގައި މިހާރު އިމާރާތްކުރަމުން އަންނަ ސްކޫލްގެ އިތުރަށް އަދި 4 ސްކޫލެއް ބޭނުންވާކަމަވެެ. އަދި ހުޅުމާލޭ ފޭސް 1 އަށް އަދި މަދުވެގެން 2 ސްކޫލް ބޭނުންވާކަން ވެސް ތައުލީމީ ވަޒީރު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭ ފޭސް 1 ގައި މިހާރު ހުންނަނީ 2 ސްކޫލެވެ. ފޭސް 2 ގައި ހުންނަނީ ހަމައެކަނި ސަލާހުއްދީން ސްކޫލެވެ.