މި ހާދިސާއާ ގުޅިގެން، އެ ފިރިހެން މީހާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ، އޭނާގެ ކުރީގެ އަންހެނުން ގުޅުން ބޭއްވި ކަމަށް ބުނި ފިރިހެން މީހާއެވެ. އެ މީހާގެ ދައުވާގައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދޭން އެދިފައި އޮތް ނަމަވެސް އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ނަގައިދިނީ 5000 ރުފިޔާއެވެ.
އޭގެ އިތުރުން، ނަގައިދީ، ވަކީލު ފީގެ ގޮތުގައި 50،000 ރުފިޔާ ނެގުމުގެ އިތުރުން، ފޭސްބުކްގައި މާފަށް އެދެން އަންގައިގެންނެވެ.
މި އަހަރުގެ ކުރީކޮޅު ހިނގި ކަމަށް ބުނާ މި ހާދިސާއަށް ފަހު، 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ ދެމަފިރިންގެ ކައިވެނިވަނީ ރޫޅިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެއެވެ.