އެއީ ޑީޖީޖީއަށް ސައިންއަޕް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ފެބްރުއަރީ މަހުގެ ނިޔަލަށް ޑީޖީޖީއަށް ސައިންއަޕް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.
ދިރާގު ގޭމާސް ގިލްޑަށް ސައިން-އަޕް ކުރާނީ ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށެވެ.
މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު 28 ފެބްރުއަރީ 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ޑީޖީޖީ އަކީ ދިރާގުން ގޭމަރުންނަށް ހާއްސަކޮށް ނެރެފައިވާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ގޭމަރުން ތަފާތު އެކި މުބާރާތްތައް ބާއްވައި އަދި އަގުހުރި އިނާމުތައް ދަނީ ދެމުންނެވެ. އެއީ ދިވެހި ގޭމަރުން ބާރުވެރިކޮށް، ގޭމިން ހުނަރު ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން ތައާރަފް ކޮށްފައިވާ ޕްލެޓްފޯމެކެވެ.
އެ ޕްލެޓްފޯމްގައި ގޭމަރުންނަށް ހާއްސަކޮށް ތަފާތު އެކި ޕްރޮމޯޝަންތައް ވެސް ދަނީ ހިންގަމުންނެވެ.