ads
މީހަކު ފިތުރު ޒަކާތް ދައްކަނީ
ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 700،000ރ. ދީފައިވޭ
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ

ޒަކާތު ހައުސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވެ އެވެ. 

ތަފާސްހިސާބުތަކުގައިވާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު ވަނީ 740،805.79ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ. އެއީ 69 މީހުންގެ ބޭސްފަރުވާގެ ހަރަދެވެ.

30 ޕަސެންޓް ހަރަދުކުރީ ކެންސަރުގެ ބަލީގެ ފަރުވާއަށް އަށް އެހީ ދެވިފައިވާ އިރު 9.2 ޕަސެންޓް ހަރަދުކުރީ ލިވާ ޓްރާންސްޕްލާންޓަށް އަދި ދެ ޕަސެންޓް ހަރަދުކުރީ ހިތުގެ އޮޕަރޭޝަނަށް ދެވިފައިވާ ކަމަށް އެ އިދާރާއިން ނެރުން ރިޕޯޓުގައި ވެއެވެ. 

އެ އިދާރާއިން ނެރުން ރިޕޯޓުގައި ވާ ގޮތުން  ދެ ޕަސެންޓް ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަނަށް ކަމަށާއި  ބާކީ 57.1 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެހެނިހެން ބޭސްފަރުވާ އަށް ކަމުގަ އެވެ.  

ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 12،7500ރ. ދީފައިވެ އެވެ.

ޒަކާތު ހައުސް އިން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ މަހު 374،950.28ރ. ހަރަދުކޮށްފައިވެ އެވެ.

އަދި އެ އިދާރާގެ މުވައްޒަފުންގެ މުސާރައަށް 192،432.81ރ. އަދި ޖަލްސާތަކާއި ސެމިނާތައް ބޭއްވުމަށް 93،761.61ރ. ހަރަދުކޮށްފައިވާ ކަމަށް އެ އިދާރާއިން ނެރުން ރިޕޯޓުގައިވެ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް