ads
އޭސީސީގެ މެންބަރުން
ކޮރަޕްޝަންގެ ތުހުމަތާއެކު އޭސީސީން ބެޑްމިންޓަން އޮފީހަށް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އޮފީހަށް އޭސީސީގެ ޓީމަކުން ވަދެ ތަހުގީގުކުރަން ފަށައިފިއެވެ.

އޭސީސީއިން މީޑީއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެގައިވަނީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އޭސީސީން ނުދެއެވެ.

އޭސީސީ އިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެފައި މިވަނީ އެ އެސޯސިއޭޝަނުގެ އިންތިހާބު މި މަހުގެ 22 ގައި ބާއްވަން މަސައްކަތް ތައްޔާރުވެފައިވަނިކޮށެވެ. މި އިންތިހާބު ފަސްކުރުމަށް ސްޕޯޓްސް ކޮމިޝަނަރުވަނީ އަންގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް