ads
އެމްއެންޔޫގެ ބުކް އަދި ރިސާޗް ގްރާންޓް ލިބުނު ފަރާތްތައް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫއިން ހަ މީހަކަށް ފޮތް ލިޔުމަށް ގްރާންޓް ދެނީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ފޮތް ލިޔުމަށް ހަ މީހަކަށް ފައިސާގެ އެހީ ދިނުމަށް ނިންމައިފި އެވެ.

ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކޮށް ދިރުވުމަށް ހިންގާ "ބުކް ރައިޓިންގް ގްރާންޓްސް" ލިބޭ މީހުން އިއުލާންކުރުމަށް އިއްޔެ އެމްއެންޔޫއިން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެމްއެންޔޫއިން ވަނީ އެ މީހުންނަށް ޖުމްލަ 341,100 ރުފިޔާ ދިނުމަށް ނިންމައިފި އެވެ.

ބުކް ގުރާންޓް ލިބުނު ފަރާތްތައް:

  • ޒަހުދާ އަބްދުލް އަޒީޒް (ހަޔާތުގެ ތަރާނާ: ތަފާތު ޅެންތަކުގެ ހަޒާނާ)
  • އާއިޝަތު ސުއާދު (ހަލަނި ބޯޓު)
  • މުހައްމަދު ދީދީ (އައިލެންޑް ފޯމޭޝަން)
  • އާމިނަތު ސައީދާ (ވެށީގައިވާ ލަފުޒު)
  • ފާތިމަތު މުހައްމަދު (އިސްރަށްވެހީންގެ އެހީތެރިންގެ އަތްމަތީ ފޮތް)
  • ޑރ މުހައްމަދު އުމަރު (ތަންގީދީކޮށް ވިސްނުން: ތަބީއަތާއި ކިޔަވައިދެވިދާނެ ގޮތްތައް)

އެ ރަސްމިއްޔާތުގައި އެންއެންޔޫއިން ދިރާސާކުރުމުގެ ގުރާންޓް ލިބުނު ފަރާތްތައް ވެސް އިއުލާންކޮށްފައިވެ އެވެ. އެ ގްރާންޓް ލިބިފައިވަނީ ޑރ. އާމިނަތު ޝިޔާމާ އާއި އަބްދުﷲ ޖަމީލަށެވެ. އޭގެތެރެއިން ޖަމީލްގެ ދިރާސާ ހާއްސަކޮށްފައިވަނީ ރާއްޖޭގެ ސްކޫލުތަކުގައި ބަހުގެ ގަވާއިދު ކިޔަވައިދޭ ގޮތާއި ދަރިވަރުންނަށް ގަވައިދުގެ ބައިތައް އެނގިފައިވާ މިންވަރު ބެލުމަށެވެ.

އެމްއެންޔޫއިން 2014 ވަނަ އަހަރު ރިސާޗް ގްރާންޓް ދޭން ފެށީ ޔުނިވާސިޓީގައި ރިސާޗް މާހައުލެއް ގާއިމް ކުރުމަށާއ،ި އެކެޑެމިކް މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ރިސާޗް ގްރާންޓަކީ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން ބަލުމަށްފަހު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް ފެންވަރު ވަޒަންކުރުމަށްފަހުގައި ދެ އެހީެކެވެ. މިފަހަރުގެ ރިސާޗް ގްރާންޓްގެ ގޮތުގައި 357,475 ރުފިޔާ ދިނުމަށް އެމްއެންޔޫއިން ނިންމައިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް