ads
އެރިކް ކެންޓަނާ
ޔުނައިޓެޑުގެ މެނޭޖްމެންޓަށް އެރިކް ކެންޓަނާ
މެންޗެސްޓަރ ޔުނައިޓެޑުގެ މެނޭޖްމެންޓްގެ ރޯލަކަށް އައުމުގެ ޝައުގުވެރިކަން އެ ކްލަބުގެ ލެޖެންޑް އެރިކް ކެންޓަނާ ފާޅުކޮށްފިއެވެ.

އެރިކް ކެންޓޯނާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ އާ ޕާޓްއޯނަރު ސަރ ޖިމް ރެޓްކްލިފްގެ ދަށުން މެނޭޖްމެންޓްގައި ހުރުމަށް ޝައުގުވެރިވާނެ ކަމަށް އިޝާރާތްކޮށްފައެވެ. އެހެންނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދެއެވެ.

1997 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާ ކުރުމުގެ ކުރިން ޔުނައިޓެޑާއެކު ޕްރިމިއާ ލީގުގެ ހަތަރު ތަށި އަދި ދެ އެފްއޭ ކަޕް ކާމިޔާބުކުރި ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ކެންޓޯނާ ބުނީ އަދިވެސް ހިތް އޮތީ ޔުނައިޓެޑުގައި ކަމަށެވެ. އެކަމަކު ކޯޗިންއަކަށް ވަގުތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އުމުރުން 30 އަހަރުގައި ފުޓްބޯޅައާ ދުރަށް ކެންޓަނާ ދިޔައީ "ޕެޝަން" ގެއްލިއްޖެ ކަމަށް ބުނެއެވެ. އެރިކް ކެންޓަނާ މަޝްހޫރުވެފައިވަނީ ޔުނައިޓެޑުގެ އެންމެ ވަރުގަދަ ލެޖެންޑުންގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް