މިމަހުގެ ފެށިގެން ފުލުހުން މުސާރަ 35 އިންސައްތަ އިތުރުވާނެކަން ސަރުކާރުން ރޭ ވަނީ ހާމަކޮށްފަ އެވެ. ފުލުހުންގެ މުސާރައަށް ބަދަލުތަކެއް މި އައީ 13 އަހަރު ފަހުންނެވެ. އެެންމެފަހުން ފުލުހުންގެ މުސާރައަށް ބަދަލުތަކެއް އައީ 2009 ވަނަ އަހަރުއެވެ.
އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސާއި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއްކަމަށް ފުލުހުން ބުނެއެވެ. އައު އޮނިގަޑުގެ ދަށުން ދެ ހަރުފަތަކުން އެލަންވަންސް ލިބޭ ގޮތަށް ވަނީ ހަދާފައެވެ.
މި އޮނިގަނޑަށް ބަލާއިރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ އަސާސީ މުސާރައަކީ 25115 އެވެ. އޭސީޕީއަށް މަގާމުގެ އެލަވަންސް ފުރަތަމަ ހަރުފަތަށް ދިޔުމުން މުސާރަައިގެ ތެރެއަށް 29485 ރުފިޔާ އިތުރުވެ ޖުމްލަ މުސާރަ 54600 އަރާނެއެވެ. ދެވަނަ ހަރުފަތުގައި މުސާރަައިގެ ތެރެއަށް އަނެއްކާވެސް 2000 ރުފިޔާ އިތުރުވާނެ އެވެ. އެހެހްނަމަވެސް އެ އިތުރުވުން އަންނަނީ 2 އަހަރަށް ފަހުއެވެ.
ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގެ އަސާސީ މުސާރައަކީ 23735 އެކެވެ. އެ މަގާމަށް މުސާރަ މަގާމުގެ އެލަވަންސްގެ ފުރަތަމަ މަރުހަލާގައި ލިބޭ 27865 ރުފިޔާއާއި އެކު ޖުމްލަ 51600 އަރާނަ އެވެ.
ފުލުހުންގެ މަގާމުތައް ބެހިފައިވާ ގޮތުން އެންމެ ދަށް ރޭންކަކީ ކޮންސްޓަބަލް ޓެކްނިކަލް ގްރޭޑް(1) އެވެ. މި މަގާމުގެ އަސާސީ މުސާރައަކީ 9880 ރުފިޔާ އެވެ. އޭނާއަށް މަގާމު އެލަންވަންސްގެ ފުރަތަމަ ހަރުފަތުގައި ލިބޭ 6510 ރުފިޔާގެ އެލަވަންސާއި އެކު ޖުމްލަ މުސާރަ 16،390 އަށް އަރާނަ އެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ.