![](https://cnm.mv/media/images/432102192_122119683416225583_8357452706829664974_n.jpg)
ގްރޫޕް އޭގެ މި މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ ޕޮލިސް ކުލަބު އަތުން ފަސޭހަކަމާއެކު 4-0 ނަތީޖާއަކުންނެވެ. ހުޅުމާލޭން، މެޗުގެ ލީޑު ނެގީ، 22 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޒިޔާދުގެ ލަނޑުންނެވެ. ދެވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހްމަދު މަމްދޫހެވެ. ތިންވަނަ ލަނޑު އާފިއު މުހައްމަދު ހާމިދު ޖެހިއިރު، ފަހު ލަނޑު ޖެހީ، އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ވިލިމާލެ ޔުނައިޓެޑް އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގައި ހުޅުމާލެ ވެޓެރަންސް އާއި، ޕޮލިސް ކުލަބާ އެކު ދެން ހިމެނެނީ ވިލިމާލެ ޔުނައިޓެޑުގެ އިތުރުން ހުއްރިއްޔާ ސްޕޯޓްސް ކުލަބު އަދި ދިވެހި ސިފައިންގެ ކުލަބެވެ.
ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.