ads
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ތެރެއިން
ސިނަމާލެ ބްރިޖް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ސިނަމާލެ ބްރިޖް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަ އެމްބެސެޑަރު މިސް ވަންގް ލިޒިން އެވެ. 

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނައް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީމި އެއްބަސް ވުން ހެދިފައިވަނީ 3 އަހަރުގެ މަުއްދަތަކަށް ކަމަށާއި މިއީ ޗައިނާގެ ހިލޭ އެހީ ދަށުން ކުރިޔަށް ގެންދާ ކަމެއް ކަމަށް ކަމަށެވެ.  

 މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ސީސީސީސީ ކުންފުނިން ބްރިޖު މަރާމާތު ކުރުމާއި ބްރިޖްގެ މެއިންޓެއިނެންސް މަސައްކަތުގެ ރިކޯޑް ބަލަހައްޓާނު ނިޒާމެއް ގާއިމް ކުރުމާއި މެއިންޓެއިނެންސް އިންސްޕެކްޝަންސް ހެދުމާއި ރޫޓިން މެއިންޓެއިންސް މަސައްކަތް ކުރިޔަށް ގެންދިއުން ހިމެނޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

"މީގެ ތެރޭގައި ބްރިޖުގެ އެކި ކޮމްޕޯނަންޓްސް ތަކަށް ބޭނުންވާ މަރާމާތުތައް ބެލުމަށް މަހަކު އެއްފަހަރު ކުރާ މެއިންޓެއިނެންސް މަސައްކަތާއި ހަމަހުން އެއްމަހު ހަދާ މެއިންޓެއިނެންސް މަސައްކަތް އަދި އަހަރަކު އެއްފަހަރު ކުރެވޭ މަސައްކަތް ކުރުން ހިމެނޭ" މިނިސްޓަރު ވިދާޅުވި އެވެ

މިއެއްބަސްވުމު ގެ ދަށުން މެއިންޓެއިނެންސް މަސައްކަތަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމާއި ތައްޔާރުކުރަންވެސް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިކަމުގެ ސަބަބުން ބްރިޖްގެ މެއިންޓެއިނެންސްގެ މަސައްކަތް ބަލާ އެ މަސައްކަތް ދިވެހިންގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިން ތަމްރީނު ކުރެވޭނީ ބްރިޖް އިންޖިނިއަރިން، ރޯޑް އިންޖިނިއަރިން، ބްރިޖް މެއިންޓެއިނިންގް އަދި ލޭންޑް ސްކޭޕިންގެ ދާއިރާއިން " މިނިސްޓަރު ވިދާޅުވި އެވެ

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ އެމްބެސެޑަރު މިސް ވަންގް ލިޒިން ވިދާޅުވީ މި އެއްބަސްވުމުގައި ސޮއި ކުރެވުމުން ވަރަށް އުފާވާ ކަމަށާއި މި ކަމުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާއި އޮތް ގުޅުން އިތުރަށް ފުރިހަމަވެ އަދި ގާތްވެގެން ދާނެ ކަމަށެވެ. 

ލިޒިން އިތުރަށް ވިދާޅުވީ އަދިވެސް ޗައިނާއިން ރާއްޖޭގައި ވަރަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ރާވާފައިވާކަމަށާއި އެކަމާއި ބެހޭ ގޮތުން ދެ ގައުމުގެ ރައީސުން ވަނީ ވަރަށް މުހިންމު މަސްވަރާތަކެއް ކުރައްވާފައި ކަމަށެވެ. 

ބްރިޖަށް އަރާއިރު ހުންނަ ގިޑިގެ ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ސްޓެލްކޯއާ ހަވާލުކޮށްގެން ވެސް މިދިޔަ އަހަރު ފަހުކޮޅުގައި ވަނީ އެތަން މަރާމާތުކޮށްފަ އެވެ.

ރައީސް ޔާމީން ސަރުކާރުން ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް