ads
ފޮޓޯ: ލޮނުމެދު ޕޭޖް
ސީއެންއެމް ބަދިގެ: ރިހާކުރު ދިޔަ
"ރިހާކުރު ދިޔަ" އަކީ އަހަރުގެ ކޮންމެ ދުވަސްވަރަކަށް ވެސް އަދި ކޮންމެ މޫސުމަކަށް ވެސް ދިވެހިންނަށް އެފަދަ ދެވަނައެއް ނެތް އެއްޗެކެވެ. ބަތާ އެކީ ކާލަން މިއީ އެތައް ބައެއްގެ މަގުބޫލު ލިސްޓަށް އަރާ އެއްޗެކެވެ. މިފަހަރު މިއޮތީ ކާށިކިރު ބޭނުންކޮށްގެން ތައްޔާރު ކުރާ ބާވަތުގެ ރިހާކުރު ދިޔަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

4 މޭޒުމަތީ ސަމުސާ ރިހާކުރު

1 ޖޯޑު ކާށި ކިރު (އަހަރުމެން ބޭނުންކުރީ ޕެކެޓްކޮށްފައި ހުންނަ ދިޔާ ވައްތަރު)

10 ހިކަނދިފަތް

1 ފިޔާ

¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

¼ ލުނބޯ

2 ފޮޅިކޮށްފައިވާ ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)

¼ ސައިސަމުސާ ލޮނު (ލޮނުރަހަ މަޑު ނަމަ އަޅާލުމަށް)

ރިހާކުރު ދިޔަ ތައްޔާރު ކޮށްލާނެ ގޮތް:

ފުރަތަމަ ފިޔާކޮޅު ވަރަށް ތުނިކޮށް ކޮށާފަ އޭގެތެރެއަށް ލުނބޯ ފެލުމަށްފަހު ވަރަށް ރަގަޅަށް މޮޑެލާނީ އެވެ. އެއަށްފަހު ފޮޅިކޮށްފައިވާ މިރުސްކޮޅުގެ ތެރެއަށް ލޮނާއި ފިޔާ އެޅުމަށްފަހު ރަނގަޅަށް މޮޑެލަންވާނެއެވެ.

އޭގެ ފަހުން ހިކަނދިފަތްކޮޅު ވަރަށް ތުނިކޮށްކޮށާފަ އެހެން އެއްޗިއްސާއެއްކޮށް ކުޑަކޮށް މޮޑެލާނީ އެވެ. ދެން މީގެ ތެރެއަށް ރިހާކުރުކޮޅު އެއްކޮށްލާފަ ކިރުއަޅާފަ ރަގަޅަށް އެއްކޮށްލާނީ އެވެ. ރިހާކުރު ދިޔަ އެއްކޮށް ހެދެންދެން އެގޮތަށް ކިރު އަޅަމުން އެއްކުރަމުންދާނީއެވެ. 

އަދި ލޮނުރަހަ ހެޔޮވަރު ކުރުމަށް ކުޑަ ލޮނުކޮޅެއް އަޅާލާފަ އެއްކޮށްލާށެވެ. މިހާރު ހުންނާނީ ރިހާކުރު ދިޔަ ތައްޔާރުކޮށް ނިމިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް