ads
މިނިސްޓަރ ރާފިއު
އަތޮޅުތަކުގެ ސްޓޭޑިއަމްތައް ރިނޮވޭޓް ކުރަނީ
އަތޮޅުތަކުގައި ހުރި ސްޓޭޑިއަމްތަކުގެ އާބާތުރަ ފިލުވައި ބޭނުންކުރެވޭނެ ފެންވަރަށް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގައި ހުރި ސްޓޭޑިއަމްތަކުގެ އާބާތުރަ ފިލުވައި ބޭނުންކުރެވޭނެ ފެންވަރަށް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި މިކަމާ ގުޅޭ ޕްރޮޖެކްޓްތަކުގައި ސޮއިކުރެވި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ.

އާ ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ހަފުތާ 14 ގެ މަގުޗާޓުގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފަސް ދަނޑުގެ މައްޗަށް އެކުލެވޭ ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތްކުރާ ބިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. ފުޓްސަލް ކޮމްޕްލެކްސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ.

ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރާނީ ހުޅުމާލެ ފޭސް އެކެއްގައެވެ. މިއީ ރާއްޖޭގައި ގާއިމުކުރާ ފަސް ދަނޑުގެ ފުރަތަމަ ކޮމްޕްލެކްސްތަކެވެ. އަދި މި ދެ ކޮމްޕެލްކްސް ވެގެންދާނީ މަލްޓި ސްޕޯޓްސް ކުޅެވޭ ގޮތަށް ފަރުމާކުރެވިގެން ތައްޔާރުކުރެވޭ ދެ ތަނަށް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް