ads
މާލޭގައި އީދު ނަމާދު ކުރަނީ:
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގެ 4 ސަރަހަދެއްގައި
މިސްކިތްތަކުގެ އިތުރުން މިއަހަރުގެ ފިތުރު އީދު ނަމާދު މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކޮންމެ އަހަރެއްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި މިސްކިތުގެ އިތުރުން ހުސް މައިދާންތަކުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުވެސް މިސްކިތްތަކުގެ އިތުރުން 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެއެވެ.

ބޮޑު ޖަމާއަތުގައި ނަމާދުކުރާ ތަންތަން 

  • މާފަންނު ސްޓޭޑިއަމް 
  • ވިލިމާލެ ފުޓްބޯޅަ ދަނޑު 
  • ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު 
  • ހުޅުމާލެ ފޭސް 2 ކްރިކެޓް ދަނޑު 

މީގެއިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައިވެސް އީދު ނަމާދުކުރާނީ ބޮޑު ޖަމާއަތުގައިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ރާއްޖޭގައި އާއްމުކޮށް ދެ އީދު ނަމާދުކުރަމުން އަންނަނީ ހެނދުނު 07:30 ގައެވެ. އެހެންނަމަވެސް އެ ގަޑި ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. 

ވަޒީރު ވިދާޅުވީ އީދު ނަމާދު ފެށުމަށް މަޝްވަރާކުރަމުން ދަނީ ހެނދުނު 07:00 ޖަހާއިރުކަމަށެވެ. އަދި އެކަމުގައި ނިންމާގޮތް ވަރަށް އަވަހަށް އިއުލާންކުރާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. ކަލަންޑަރު ދައްކާގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް