ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ - ފޮޓޯ: ސްޓެލްކޯ
ކަރަންޓް އިގުތިސާދުކުރުމަށް އިލްތިމާސްކުރަން: ފަހްމީ
މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުން އަންނާތީ، ކަރަންޓު އިގުތިސާދުކުރުމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓާ ހުސައިން ފަހްމީ އިލްތިމާސް ކުރައްވައިފި އެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި ކަރަންޓް ބޭނުންކުރަމުން އައީ 94 މެގަވޮޓާއި ހަމައަށް ކަމަށެވެ.

އެހެންނަމަވެސް މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުން އަންނަކަމަށް ފަހުމީ ވިދާޅުވި އެވެ. 

ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެގެންދިއުމާއެކު ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހްމީ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ފަހުމީ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.  

އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހުމީ އާންމުންގެ އަރިހުން އެޑިވަޑައިގަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް