އަންނާރަކީ ބޯ، ރަތް ހަންގަނޑެއް ހުންނަ ފޮނި، ޓާޓް މޭވާއެކެވެ. އަންނާރުގެ ސަބަބުން ސިއްހީ ފައިދާއަށްޓަކައި ޒަމާނުއްސުރެ މީހުން އަންނާރުގެ އުފާ ސިއްހީގޮތުން ހޯދަ އެވެ. މިޒަމާނުގެ ދިރާސާތަކުން ދައްކާ ގޮތުގައި އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އަކީ ހިތް ރައްކާތެރި ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކެންސަރަށް ފަރުވާ ދިނުމާއި ރައްކާތެރިވުމުގައި އަންނާރުގެ އެންޓި-އިންފްލެމެޓަރީ އަދި އެންޓިޓިއުމަރ ޕްރޮޕަޓީސްގެ އުއްމީދީ ބޭނުންތަކެއް ހުރި ނަމަވެސް މިކަން ސާބިތު ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް ބައެއް ސިއްހީ މާހިރުން ބުނެއެވެ.
އަންނާރަކީ ދިވެހިންނާ ވަރަށް ގާތް މޭވާއެކެވެ. ބައެއް ފަހަރަށް ހޯދަން އަގުބޮޑު ނަމަވެސް ދިވެހިން އަންނާރު ކައި އުޅެނީ ވަރަށް ކަމުދާތީއެވެ. އަންނާރު ކާއިރު އަބަދުވެސް ދިވެހިން އޭގެ ތޮށިގަނޑު އެއްލާލައެވެ. ކެއުމުގެ ތެރޭގައި އަންނާރު ބޭނުން ކުރެވޭނެ ގިނަ ގޮތްތަކެއްވެއެވެ. އެގޮތުން، ސެލެޑް ތައްޔާރު ކުރާއިރު އަންނާރުގެ އޮއް ބޭނުންކުރުމަކީ ސެލެޑްގެ ރަހަ ރަނގަޅުކޮށްދޭނެ ކަމެކެވެ.
އަންނާރު ޖޫހުގައި ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތައް އެކުލެވިގެންވެ އެވެ. އެގޮތުން އަންނާރުގައި މާބަނޑު އަންހެނުންނަށް ކޮންމެހެން ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް ހިމެނެއެވެ.
މީގެއިތުރުން، އަންނާރަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން މި މޭވާ ކެއެމުގެ ސަބަބުން، ހަށިގަނޑުން ދަގަނޑު މަދުވުމުގެ ސަބަބުން ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ.
ހަމައެއާއެކު، އަންނާރުގައި ފައިބާ އެކުލެވޭތީ، ބަނޑުގައި ރިއްސުމާއި ހަޖަމުކުރުމުގެ ބަލިތަކުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ. މާބަނޑު ދުވަސްވަރު ކޮންމެހެންވެސް ބޭނުންވާ ފޯލޭޓް ވެސް އަންނާރުގައި އެކުލެވިގެންވެއެވެ. އެގޮތުން ދުވާލަކު އަންނާރު ޖޫސްތައްޓެއް ބުއިމުން ހަށިގަނޑަށް ބޭނުންވާ ފޯލޭޓްގެ 10 ޕަސެންޓް ލިއްބައިދޭނެއެވެ.
ފޯލޭޓް އަކީ ތުއްތު ދަރިފުޅުގެ ނާރުތަކުގެ ނިޒާމު އުފެދުމަށް އެހީތެރިވެދީ، ސިކުނޑީގެ ހެދިބޮޑުވުން ރަނގަޅަށް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރާ އެއްޗެކެވެ.
އަންނާރަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު މާއްދާތަކުން މުއްސަނދި މޭވާއެކެވެ. އޭގެ ތެރޭގައި އެންޓިއޮކްސިޑަންޓްސް އާއި އެކި ބާވަތުގެ ވިޓަމިންސް އާއި މިނެރަލްސް ހިމެނެ އެވެ. އަންނާރުގެ ނިއުޓްރިޝަން ލެވެލް އަށް ބަލާއިރު 100 ގްރާމްގައި 18.7 ގްރާމްގެ ކާބޯހައިޑްރޭޓްސް، 13.67 ގްރާމްގެ ހަކުރު، ހަތަރު ގްރާމް ޑައިޓްރީ ފައިބަރު، 1.17 ގްރާމްގެ ފެޓް އަދި 1.67 ގްރާމްގެ ޕްރޮޓީން ހިމެނެ އެވެ.
އަންނާރު ޖޫހަކީ ތާޒާ އެހެން މޭވާ ޖޫސްތަކަށް ވުރެ އެތައް ގުނައެއް އިތުރަށް އެންޓިއޮކްސްޑިންޓްސް ހިމެނޭ ބުއިމެކެވެ. ހަށިގަނޑުގެ ސެލްތައް ހަލާކުވުން ހުއްޓުވައިދީ އިންފްލެމޭޝަން ދަށްކޮށްދީ ފްރީ ރެޑިކަލްސް ނައްތައިލަން އޭގެ ސަބަބުން އެހީވެ އެވެ.
ދިރާސާގައި ބުނިގޮތުގަައި އަންނާރަކީ ޓެނިކް އެސިޑާއި އެލަޖިޓެނިންސް ފަދަ މޮލެކިއުސްތަކުން މުއްސަނދިވެފައިވާ ޕޮލިފެނޮލްސްއަކަށްވާތީ މީގެ ސަބަބުން ސިކުނޑި އަށް ލޭދައުރުކޮށް ދޭން ބާރުއަޅަ އެވެ.