ads
ތުރުކީއާ ދެމެދު މިއަދު ބޭއްވި ބައްދަލުމުގެ ތެރެއިން --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ތުރުކީއާއެކު ހަދަނީ
ރާއްޖެ އާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިނިސްޓަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރީގެ ގުޅުން ބަދަހިވަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ކުރެވެމުންދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާ ލުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"އެގޮތުން މިހާރު ކުރިއަށްދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް،" އެ ޕޯސްޓުގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާފައިވަނީ ތުރުކީވިލާތަށެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ ނޮވެމްބަރުމަހުގެ 26 އިން 29 އަށް ކުރެއްވި މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުމުގެ އައު ސަފްހާއެއް ހުޅުވި، ކުރިއަށް އޮތްތަނުގައި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް