ads
ފޮޓޯ: އެމްޕީއެލް
އެމްޕީއެލް އިން އިއްޔެ އެކަނިވެސް 2115 ކަރާ ބަސްތާ ނެރުނު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ އެކަނިވެސް 2115 ކަރާ ބަސްތާ ނެރުން ކަމަށް އެ ކުންފުނިން ބުނެ އެވެ

އެމްޕީއެލް އިން ބޭލި ބައެއް އިތުރު މުދަލުގެ ތެރޭގައި ހިމެނެނީ 804 ބަސްތާ ކެބެޖު، 888 އަރި ދޮންކެޔޮ، 780 ބަސްތާ އަލުވި، 2115 ކަރާ ބަސްތާ، 4250 ކާޓަނުގެ ބިސް، 77 ކްރޭޓުގެ ބަށި އަދި 58 ކްރޭޓުގެ ކިއުކަމްބާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ 

އަދި 140 ކްރޭޓުގެ އަނބު، 828 ކްރޭޓުގެ އަލާނާސި، 19 ކްރޭޓުގެ ރޮކް މެލަން، 83 ކްރޭޓުގެ ސްވީޓް މެލަން، 135 ޓްރޭ ހަނީ މެލަން، 774 ކްރޭޓުގެ ޓޮމާޓޯ، 7 ބަސްޓާ ބީޓް ރޫޓު، 229 ބަސްތާ ބަރަބޯ، 3 ކްރޭޓު މިރުސް، 21 ބަސްތާ ލުނބޯ، 60 ފޮށި އަންނާރު، 30 ކްރޭޓް ލޭޑީސް ފިންގަރ އަދި 35 ޓްރޭ ފޭރު ވެސް ބޭލި ފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެމްޕީއެލް އިން ބުނީ އިއްޔެ އެކަނިވެސް 225 ކޮންޓެއިނަރުގެ މުދާ ބާލާފައިވާ ކަމަށެވެ 

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެއްކަމަށާއި މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.

މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މިދިޔަ އަހަރުގެ ރޯދަ މަހު އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރު ކަމަށް އެމްޕީއެލް އިން ވަނީ ކުރިން ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް