ads
ވިއެޓްނާމްގެ ރައީސް ވޫ ވަން ތޫންގް
ވިއެޓްނާމްގެ ރައީސް ވޫ ވަން ތޫންގް އިސްތިއުފާ ދެއްވައިފި
ވިއެޓްނާމްގެ ރައީސް ވޫ ވަން ތޫންގް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވިއެޓްނާމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ރައީސް ވޫގެ އިސްތިއުފާގެ ސިޓީ އިއްޔެވަނީ އެ ގައުމުގެ ޕާލަމެންޓަށް ހުށަހަޅުއްވައިފަ އެވެ. މިއާއެކު ރައީސް ވޫ ގެ އިސްތިއުފާއާމެދު ގޮތެއް ނިންމުމަށް ވިއެޓްނާމުގެ ޕާލަމެންޓްގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާނެއެވެ.

ކޮމިއުނިސްޓު ޕާޓީން ބުނީ، ވޫ ވަން ތޫންގް މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ތުހުމުަތުތަކެއްކަން އެ ޕާޓިން ހާމަކޮށްފައެއް ނުވެ އެވެ. 

ވިއެޓްނާމްގެ ރައީސްގެ މަގާމުން ތޫން، 54، އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވެރިކަންކުރާ ޕާޓީން ބުނަނީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭ ސުލޫކީ ސިފަތައް ދަށްވުމެވެ.

ޕާޓީ ތެރޭގައި ފެތުރިގެންފައި އޮތް ކޮރަޕްޝަންގެ މައްސަލަތައްވެސް އޭނާއާ ދިމާއަށް މަގުދައްކާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާތަކުން ބުނެ އެވެ. ވޫ ވިއެޓްނާމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.

ވިއެޓްނާމުގައި މީގެ ކުރިން ދެ ޑެޕިއުޓީ ބޮޑު ވަޒީރުން އިސްތިއުފާ ދެއްވާފައިވާ އިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ ރައީސްކަމުން ނުޔެން ޝުއާން ފުކް އިސްތިއުފާދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް