ads
މޭޔަރު އާދަމް އާޒިމް - ފޮޓޯ: މާލެ ސިޓީ ކައުންސިލް
މިސްކިތް ސާފުކުރާ ދިވެހީންގެ ކޮންޓްރެކްޓް 3 އަހަރަށް ހަދަން ނިންމައިފި
މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ނުލިބޭތީ މިހާރު އޮންނަ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓު ތިން އަހަރަށް ބަދަލު ކުރަން މާލޭ ސިޓި ކައުންސިލުން ނިންމައިފި އެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިސްކިތްތަށް ސާފުކޮށް ބެލެހެއްޓުމަށް މިދިޔަ މަހު 114 ދިވެހީން ހޯދުމަށް އިއުލާންކުރި ކަމަށެވެ.

 އެކަމަކުލިބުނީ އެންމެ 14 ދިވެހީން ކަމަށާއި ސަބަބަކީ އަހަރު ދުވަހަށް މުވައްޒަފުން ނަގާ މައްސަލަ ކަމަށެވެ.

އިންޓަވިއު އަށް އައިސްފަ ވެސް ބައެއް މީހުން އެއް އަހަރުދުވަހަށް ކޮންޓްރެކްޓު ހަދާތީ ބޭނުން ނުވާ ކަމަށާއި އެހެންވީމަ މި އުސޫލު ބަދަލު ކުރީމަ ދިވެހީން ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށް އާޒިމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އާޒިމް ވަނީ ކައުންސިލްގެ އެކި ބޭނުންތަކަށް އެއް އަހަރު ދުވަހަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓު ތިން އަހަރަށް ބަދަލު ކުރުމަށް ހުށަހަޅުއްވާ ފައެވެ.

ކައުންސިލުން ވަނީ ތިން އަހަރަށް ކޮންޓްރެކްޓު ބަދަލުކޮށް އަލުން ދިވެހީން ހޯދުމަށްް އިއުލާނުކުރުމަށް ނިންމައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް