ads
ޕީޖީ ޝަމީމް
ކުޑަކުދިންލައްވާ ކުރުވާ ކުށްތަކާ ގުޅޭ އިރުޝާދެއް
ކުޑަކުދިން ގްރޫމްކޮށް، ރެކްރޫޓުކޮށްގެން ކުށް ކުރުވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރެފި އެވެ.

ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށާއި ކުދިން ގްރޫމްކޮށް، ރެކްރޫޓުކޮށްގެން ކުށްކުރުވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާ ގެ އަކުރު (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރާ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮންނަ މަސްއޫލިއްޔަތުގެ ދަށުން ނެރުނު އިރުޝާދެކެވެ.

ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ. މިބާވަތުގެ ކުށްތަކަކީ، އެ ކުށްތައް ތަހުގީގު ކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށްތައް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމް ކޮށްގެންނާއި ރެކްރޫޓު ކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް