ads
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު
ސައުދީން 55 ޓަނުގެ ކަދުރު ހަދިޔާކޮށްފީ
ސައުދީ އަރަބިއްޔާއިން 55 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާރުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

your imageކަދުރު ހަވާލުވުމުގެ އެއްބަސްވުމުގައި ވަޒީރު ޝަހީމް ސޮއިކުރެއްވުމަށްފަހު

 މީގެތެރެއިން 50 ޓަނުގެ ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މާލޭގައި ހުންނަ ސައުދީ އެމްބަސީގައެވެ. އަނެއް 5 ޓަނު ހަވާލުކުރީ އެކަމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަދުރު އާއްމުންނަށް ބަހާނެ ގޮތެއް އަދި ވުޒާރާއަކުން ނުބުނެއެވެ. 

your image5 ޓަނުގެ ކަދުރާއި ވަޒީރު ޝަހީމް ހަވާލުމުގެ ތެރެއިން

ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ސައުދީން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. 

މިދިޔަ އަހަރު ކަދުރު ބަހާފައި ވަނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ޕެކެޓެްްގެ މަގުންނެވެ.. އެއަށްފަހު ބާކީވި ކަދުރު ބެހީ ކަދުރު ބަލައި ހާޒިރުވި މީހުންގެ ތަރުތީބުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް