ބުރާސްފަތި ދުވަހުގެ ރޭ، ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނު އަތުން ބަންގްލަދޭޝް ބަލިވީ ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މި މެޗު ކުޅުނީ ކުވައިތުގައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނުން ދެ ލަނޑު ޖަހާފައިވާއިރު، ދެވަނަ ހާފުގައި ބަންގްލަދޭޝް ކޮޅަށް ތިން ލަނޑު ޖެހިއެވެ.
މި މެޗައް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝްއިންވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕްކޮށް އެކުވެރިކަމުގެ ދެ މެޗުވެސް ކުޅެފައެވެ.