ads
ވައިކަރަދޫއިން ކަރަންޓް ކެނޑޭތާ 5 ދުވަސްވުމުން ރައްޔިތުން އިހްތިޖާޖުކުރަނީ
ވައިކަރަދޫ: ކަނު އަނދިރީގައި ރޯދަވީއްލާތާ 5 ރޭ ވެއްޖެ
ހދ ވައިކަރަދޫ ކަރަންޓް ކެނޑޭތާ ފަސްދުވަސްވެ ކަރަންޓް ލިބޭނެ ދުވަހެއް ނޭގޭތީ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

 ވައިކަރަދޫ އަށް ކަރަންޓް ދެމުން އަންނަ އިންޖީނެއް ހަލާކުވެ އެ ރަށުން ކަރަންޓް ކެންޑެން ފެށީ މިދިޔަ ހޯމަދުވަހުން ފެށިގެންނެވެ. މިހާރު އެރަށަށް ކަރަންޓް ދެމުން އަންނަނީ ވަކި ޝެޑިއުލެއް ހަދައިގެން އެކި ވަގުތު އެކި ސަރަހައްދުތަކަށެވެ. 

ކަރަންޓް ދާން ފެށިފަހުން ކޮންމެ ދުވަހަކުވެސް ރައްޔިތުން ރޯދަ ވީއްލަމުން އަންނަނީ އަނދިރީގައިކަމަށް ވައިކަރަދޫ މީހުން ބުނެއެވެ. 

ވައިކަރަދޫ ފެންވަރަށް ހުރި މީހަކު ކަރަންޓް ކެނޑުމުން ފެންވަރަން ހުރި ގޮތަށް ސައިބޯނިތަކާއި އެކު ނުކުމެ ނުރުހުން ފާޅުކުރަމުންދާ މީހެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. 

ވައިކަރަދޫ ކަރަންޓްގެ މައްސަލާގައި އެރަށަށް ކަރަންޓް ދެމުން އަންނަ ފެނަކައިން މިދިޔަ ހޯމަދުވަހު ބުނީ ހދ.ވައިކަރަދޫ ގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް  ހޯދުމަށް  ކުރެވެމުންދާ  މަސައްކަތުގެ ތެރެއިން  އެރަށަށް  ބޭނުންވާ  250 ކިލޯވޮޓްގެ  އައު  ޖަނަރޭޓަރެއް ގަތުމުގެ  މަސައްކަތް ކުރަމުންދާކަމަށެވެ. އަދި  ކުރިޔަށް  އޮތް  ދެތިން  ދުވަހުގެ  ތެރޭގައި  އައު  ޖެނަރޭޓަރ  ބަހައްޓާ  ޚިދުމަތް  ލިބިގެންދާނެ ކަމަށް ލަފާކުރެވޭކަމަށެވެސް މިމަހުގެ 20 ވަނަ ދުވަހު ފެނަކައިން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް ރަށަށް ކަރަންޓް ލިބޭނެ ދުވަހެއް ނޭގޭތީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް