ads
ވިލިމާލެ ހޮސްޕިޓަލް
ވިލިމާލެ ހޮސްޕިޓަލް، މިހާރު ދަނީ ކުރެހުމުގެ ކަންކަން: ރައީސް
ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލްުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ޖަވާބުގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ވިލިމާލޭގައި އަޅާނީ ޒަމާނީ ފެންވަރުގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއްކަމަށެވެ. އަދީ އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެއްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު ތަފްސީލު ކޮށްދެެއްވަމުން ރައީސް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ. އެގޮތުން ހެލްތް މިނިސްޓްރީއާއި ޗައިނާގެ ޓިމާ ގުޅިގެން ކުރެހުންތައް ކުރެހުމާއި ކަަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. 

ދާދި ފަހުން ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށޭނެކަމަށެވެ. އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގައެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ ނަމަ، ވަގުތީ ގޮތުން ކްލިނިކެއް ނުވަތަ ސިއްހީ މަރުކަޒެއް ހުޅުވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް