ލ. އަތޮޅުގައި ތަރައްގީކުރާ މެރިޓައިމް ހަބް އެއަތޮޅޫ ގާދޫގައި ތަރައްޤީކުރަން ނިންމާ އެކަމުގެ މައުލޫމާތު ރައްޔިތުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ދީފިއެވެ.
މި ބަނދަރާއިއ ގުޅޭ މައުލޫމާތު ލ. ފޮނަދޫ ރައްޔިތުންނަށް ހިއްސާކުރުމަށް ރޭ ރައްޔިތުންނާއި ބައްދަލުކޮށްފައިވާކަމަށް އެމްޕީއެލުން ބުނެއެވެ. މި ބައްދަލުވުމުގައި އަންނަ ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް ނުކުންނަވާ ރައީސް ޑރ މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެޑައިގެންނެވިކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވަނީ މި މަސައްކަތައް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މަސައްކަތް ކުރާނެ ފަރާތްވެސް ހަމމަޖެހިފައިވާކަން ފާހަގަކޮށް ވަޖީހް ވިދާޅުވީ މި ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ. ވަޖީހު ވިދާޅުވީ މި މަސައްކަތް ނިމުމުން 2000 ވަޒީފާ އުފެދިގެން ދާނެކަމަށެވެ.
ލ. އަތޮޅުގައި ވިޔަފާރި ބަނދަރެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.