ads
ކަރާ އަގު ބާޒާރުގައި ހުރީ 20 ނުވަތަ 25 ރުފިޔާ އަށް ކިލޯ
ރޯދަ ބާޒާރު: ކަރާ ތިޔާގިވެ، ކިލޯއެއް 15 ރުފިޔާއަށް
ބާޒާރުގައި ކަރާ ތިޔާގިވެ އަގުތައް ދަށްވެއްޖެ އެވެ. ބާޒާރުގައި މިހާރު ކަރާ ކިލޯއެއްގެ އަގުތައް ހުރީ 15-20 ރުފިޔާއަށެވެ.
Advertisement

ރޯދަ މަހުގެ ފުރަތަމަ ދިހައެއް ނިމި ދެވަނަ 10 އެއް ފެށުނުއިރު، ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު ކަރާ ކިލޯއެއް ވިއްކަމުން އަންނަނީ އާއްމުކޮށް 20-15 ރުފިޔާއަށެވެ.

ގިނަ ގޮޅިތަކެއްގައި ކަރާ ވިއްކަން ހުރިއިރު ވިޔަފާރިވެރިން ބުނާގޮތުގައި މިހާރު އެންމެ ގިނައިން ލިބެން ހުރީ ކަރާ ހެއްދުމުގައި އެންމެ މަޝްހޫރު އއ. ތޮއްޑޫ އާއި ތ. ކަނޑޫދޫއިން ގެނެސްފައިވާ ކަރައެވެ.

"އިއްޔެ ވެސް ތޮއްޑޫއިން ވަރަށް ކަރާ ގެނައި. މާދަމާ އަދި މާ ގިނައިން އަންނާނެ. ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ދެން ކަރާ ފުދޭ ވަރަކަށް ބާޒާރަށް ނެރޭނެ." މާރުކޭޓް ގޮޅިއެއް ހިންގާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ކަރަލުގެ އަގު މާ ބޮޑުވެގެން ދާނެ ކަމަކަށް ނުބެލެވެއެވެ. މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް އެވްރެޖްކޮށް ވިއްކަމުން ދިޔައީ 25 ރުފިޔާއަށެވެ.

މިދިޔަ ހަފުތާ ތެރޭގައި ބާޒާރުގައި އަގު އުފުލުނު ލުނބޯ ކިލޯއެއް މިހާރު ބާޒާރުން ލިބެން ހުރީ 60 ރުފިޔާއަށެވެ. އަދި އޮރެންޖެއް ހަތް ރުފިޔާއަށް ވިއްކަމުންދާއިރު އާފަލުގެ އަގު އުޅެނީ 12 ރުފިޔާއަށެވެ. ކުރުނބާ 35 އާއި 40 ދެމެދުގެ އަގެއްގައި ލިބެން އެބަހުއްޓެވެ.

މީގެއިތުރުން، ނަން މަޝްހޫރު ކަނޑޫދޫ މިރުހުގެ 100 ގުރާމް ބާޒާރުގައި ލިބެން ހުރީ 50 ހުރިއިރު ކިލޯއެއް ލިބެން ހުރީ 500 އާއި 600 ދެމެދުގެ އަގުތަކެއްގައެވެ.

އަދި ބައެއް ގޮޅިތަކުން 400 ރުފިޔާއަށް މިރުސް ކިލޯއެއް ވިއްކަމުންދާކަން ފާހަގަކުރެވެ އެވެ. މިރުހުގެ އަގު އުފުލިފައިވީނަމަވެސް މިރުހުގެ ޑިމާންޑު ބޮޑުކަން ތަކެތި ވިއްކާ ފަރާތްތަކުން ހާމަކުރެއެވެ.

ބާޒާރުގައި މިއަދު މަދުން ނަމަވެސް ދިވެހި ޖުމްހޫރީ މޭވާ ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 160ރ. އަށެވެ. އަދި ލަންކާ، އިންޑިއާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ 120ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ރޯދަމަހު ކަނޑުމަސް އަދި ފަރުމަހަށް އޮންނަ ޑިމާންޑުވެސް ބޮޑެވެ. މިއަހަރުގެ ރޯދަމަހަށް މަސް މާރުކޭޓު ވަނީ ތިޔާގިވެފައެވެ. ކަނޑުމަސް ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރި އިރު ކަންނެލި ކިލޯއެއްގެ އަގު ހުރީވެސް 40 ރުފިޔާގައެވެ.

މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ފަރުމަސްވެސް ލިބެންވެސް އެބަހުއްޓެވެ. ހުކުރު ދުވަސް ވުމުން ނިސްބަތުން މަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް