ކޮވިޑް19ގެ ސަބަބުން ގިނަ ބަޔަކު ގޭގައި މިދުވަސްކޮޅު ތިބޭ އިރު ޓީވީ އަކީ އެންމެންގެ ވެސް އެންމެ ގާތް އެކުވެރިޔާ ކަން ޔަގީނެވެ. ނަމަވެސް ސްޓާ ޕްލަސްގެ ސަޕޯޓަރުންނަށް މިދުވަސްތައް އެހާ އުފާވެރިއެއް ނުވާނެ ކަން ޔަގީނެއެވެ.
ކޮވިޑް19 އާ ގުޅިގެން އިންޑިއާ 21 ދުވަހަށް ލޮކްޓައުން ކުރުމާ ގުޅިގެން ޓީވީ ޝޯތަކުގެ އާ އެޕިސީޑުތައް ދެއްކުން މިވަނީ ހުއްޓާލާފައެވެ. އެގޮތުން ސްޓާޕްލަހާއި ސްޓާ ބާރަތުން ގެނެސްދޭ ގިނަ ޑްރާމާތަކުގެ އާ އެޕިސޯޓުތައް މިހާރު ނުގެނެސްދެއެވެ.
މިއީ ދިވެހިންނަށް ލިބޭނެ ހިތާމަވެރި ހަބަރެއްކަން ޔަގީނެއެވެ. އެތައް ބަޔަކު އެކަމާ ގުޅިގެން ޝަކުވާތައް ވެސް ކުރަމުން އެބަދެއެވެ.
ދިވެހިންގެ މެދުގައި ޝޯތަކުގެ ތެރޭގައި " ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ޔޭ ރިޝްތޭ ހޭ ޕިޔާރް ކާ" އާއި "ކަސޯޓީ ޒިންދަގީ ކޭ" އާއި "ޔޭ ހޭ ޗާހަތޭން" އަދި "ނަޒަރް" ހިމެނެއެވެ.