މާލޭ ސިޓީ ކައުންސިލުން އެކްސްގައި ބުނީ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ރޭގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށާއި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެ ޕޯސްޓާ އެކު ހިއްސާކުރި ފޮޓޯތަކުގައި ފެންނަނީ ޕާކުގެ ކުޅޭ ސަރަހައްދުގައި ކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެއް ވެސް ނައްޓާލާފައި އޮއްވަ އެވެ.
ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އެ ޕާކުގެ ބޯޑުތަކަށް ގެއްލުންދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ.