ads
މާޓާ ފެއާގައި ބައިވެރިވާ ދިވެހި ޓީމް
މެލޭޝިއާގައި ބާއްވާ މަޓާ ފެއާގައި ރާއްޖެއިން ބައިވެރިވަނީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ގައި ބައިވެރިވެ ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި މަހުގެ 22 އިން 24 މި ފެއާ ކުރިއަށްދަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގައި އެވެ.

މި ފެއަރގައި ބައިވެރިވެ އެމްއެމްޕީއާރުސީން ދަނީ މެލޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާގައި ދިވެހިރާއްޖޭގެ ޕްރޮމޯޓް ކުރަމުންނެވެ.

އެމްއެމްޕީއާރުސީއާއެކުމި ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގެ 13 ކުންފުންޏެއް ވަނީ ބައިވެރިވެފަ އެވެ.

މާޓާ 2024 ފެއަރއިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއި، މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަކީ މި ފެއާގައި ބައިވެރިވުމުގެ މަޤްސަދުކަމަށާއި، މާޓާގައި ބައިވެރިވުމަކީ މި މާކެޓުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ހަލާލު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބިގެންދާ ކަމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

your imageމާޓާ ފެއާގައި ބައިވެރިވި ދިވެހި ސްޓޯލެއް

އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ފެއާގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައި، ދެކުނު އިރުމަތީ އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުންކަމަށެވެ. މި ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޭންޑްގައި ބާއްވާ ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީޚާއި ސަގާފަތް ކިޔައިދޭނެ އެވެ.

މި ފެއާގެ ތެރޭގައި އެމްއެމްޕީއާރުސީއިން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، އައު އުފެއްދުންތަކާއި، ސެގްމަންޓްތަކާއި، އޮފާތަކަށް އަލިއަޅުވާލާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް