ޖަމީލް މިހެން ވިދާޅުވީ ދަރަންޏަށް ލުއި ހޯދަން ރައީސް މުއިއްޒު އިންޑިއާގެ ކިބައިން އެދިފައިވަޑައިގެންކަމަށް އެ ގައުމު ނޫސްތަކުން ފަތުރާފައިވާ ހަބަރުތަކަށް އިޝާރާތްކޮށް އޭގެ ހަބަރެއް ރީ ޕޯސްޓް ކުރައްވަމުންނެވެ
ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން ފާޅުގައި ހިންގި ހުތުރު އަމަލަށްފަހު އިންޑިއާގެ ފައި ބުޑަށް ވެއްޓި ރައީސް މުއިއްޒު އާދޭސްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރައްޔިތުންނަށް ސިއްރުން ޑީލް ހަދާކަމަށްވެސް ރައީސް ޔާމިންގެ އިސް ވަކީލެއްގެ ގޮތުގައިވެސް ހުންނެވި ޖަމީލް ވިދާޅުވިއެވެ.
ރާއްޖޭގެ ނޫހަކަށް ދިން އިންޓަރވިއުގައި ރައީސް މުއިއްޒު ވަނީ އިންޑިއާއިން ނަގާފައިވާ ލޯންތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން އެ ގައުމާ ވާހަކަ ދައްކަމުންދާކަން ހާމަކުރައްވާފައެވެ.
ދެ ގައުމުގެ ގުޅުން ގޯސްވާ އެއްވެސް ފިޔަވަޅެއް އަދި އެ ފަދަ ވާހަކަފުޅެއް ވެސް ނުދައްކަވާ ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.