ads
ވޯޓަރ މެލަން ސްމޫތީ
ސީއެންއެމް ބަދިގެ: ވޯޓަރ މެލަން ސްމޫތީ
މި ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.

މިއަދުގެ "ސީއެންއެމް ބަދިގެ" އަށް ހޮވާލެވިފައި މި ވަނީ ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެއްގެ ރެސިޕީއެކެވެ. ތަފާތު ސްމޫތީ އަކީ އާދައިގެ ދުވަސްތަކުގަައިވެސް ހޫނުކޮށް ނުވަތަ ފިނި ކޮށްލައިގެން ބޮޔެލަން މީރު ބުއިމެކެވެ. މިއަދު މި ގެނެސްދޭ "ވޯޓަރ މެލަން ސްމޫތީ" ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.  

ދެމީހުންނަށް ފުދޭ ވޯޓަރ މެލަން ސްމޫތީ ހަދަން ބޭނުންވާނެ ތަކެތި: 

 1 1/2 ޖޯޑު ކަރާ

 1 ދޮންކެޔޮ (ކުދިކޮށްކޮށާ ގަނޑުކޮށްފައި)

 1 އާފަލު (ތޮށިމަށާ ކުދިކޮށް ކޮށާފައި)

 3/4 ގްރީކް ގޯޔަޓް

 މާމުއި

ތައްޔާރުކުރާނެ ގޮތް:

މިކްސަރަށް ނުވަތަ ފުޑް ޕްރޮސެސަރއެއްގައި ކަރާކޮޅު އަރާ ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ދޮންކޭލާ އާފަލުކޮޅާއި ޔޯގަޓް އަދި މާމުއި އަޅާލައި ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. ވޯޓަރ މެލަން ސްމޫތީ މިހާރު ތިހިރީ ތައްޔާރުވެފަ އެވެ. އެކަމަކު ބޭނުންކޮށްލަން އެންމެ މީރުވާނީ އައިސްއަލާމާރީގައި ބަހައްޓާ ފިނިކޮށްލައިގެންނެވެ.

ސްމޫތީ އަކީ މި ދުވަސްކޮޅު ގޭގައި ތަޖުރިބާކޮށްލަން ރަނގަޅުވާނެ އެވެ. އާއިލާއަށް ރޯދަވީއްލުމަކަށް ދައުވަތު ދޭ ދުވަހެއްގެ މެނޫ އަށް އެޑް ކޮށްލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް