ads
ޕީޕީއެމް އަދި ޕީއެންސީ ސަޕޯޓަރުން ގޮސް ފޮތި ދެމި އެމްޑީޕީގެ ޕޯސްޓަރު
ހަމަލާދީނީ ނަރީޝް، މައްސަލަ ފުލުހުންނަށް ހުށައަޅައިފިން: އެމްޑީޕީ
އިއްޔެ ކޮލ،ާފުށީހައި ހިނގި ހަމަނުޖެހުންތަކުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް މީހަކަށް ހަމަލދިންކަމަށް ބުނެ އެ މައްސަލަ ބަލާދިނުމަށް އެމްޑީޕީން ފުލުހުންނަށް ހުށައަޅައިފިއެވެ.
Advertisement

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގއ. ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި މި ޕާޓީގެ ކެންޑިޑޭޓްގެ ބެނަރ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި،ފޮރުވާފައިވާކަމަށެވެ. އަދި ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް އިދިކޮޅޫ އެމްޑީޕީން ބުނެއެވެ. 


އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ މި ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ޚިލާފު އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށްވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވާކަމަަށްވެސް އެމްޑީޕީން ބުނެއެވެ. 

"ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

 ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއްނޫންކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. 

"މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މި އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މައްސަލަ ހުށަހަޅާފައެވެ." އެމްޑީޕީން ބުނެއެވެ.

އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. 

އެމްޑީޕީގެ މި ވާހަކަތައް ދޮގުކޮށް ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދަޅުވީ ފުރަތަމަ ހަމަލާދީނީ އެމްޑީޕީ މީހުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް