ads
ގޯތި ކެނޑުމުގެ ރަސްމިއްޔާތުގެ ތެރެއިން ފަޒުލް
ގޯތިތަކަށް އަރާ ނެޓްވޯކް ބަދަލުކުރަން 200 މިލިއަން ހަރަދު ވާނެ: ފަޒުލް
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އެ ބަދަލު ކުރަން 200 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ބައެއް މަގުތަކަށް ހުރަސް އެޅޭ ގޮތަށް ގޯތި ދޫކޮށްފައި ވަނީ އަށް ސަރަހައްދެއްގައި ކަމަށެވެ.

އެގޮތަށް 150 އެއްހާ ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތައް ހުރި ކަން ކުރީ ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެކަން ހައްލު ކުރަން 200 މިލިއަން ހަރަދުވާނެ ކަމަށް އޭރު ވެސް އެޗްޑީސީން ސަރުކާރަށް ދަންނަވާފައި އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.

މި މައްސަލަތައް ހައްލު ކޮށްގެން މަސައްކަތް ނިންމާކަށް މާ ގިނަ ދުވަހެއް ނުނަގާނެކަމަށާއި އުނދަގޫ ވާނީ ރީޑިޒައިނިން އާއި އެއަށް ދާ ހަރަދު ކަމަށް ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައި ހުރި ސަރަހައްދުތަކުން ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.

މިހާރު ވެސް އަށް ފަރާތަކުން އިމާރާތް ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި އެ މަރުހަލާތައް މިހާރު އިތުރަށް ފަސޭހަ ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް މިހެން ވިދާޅުވާ އިރު ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ ހުޅުމާލެއިން ގޯތި ދޫކޮށްފައި ވަނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށެވެ. 

 ގޯތި ދޫކުރީ އެޗްޑީސީގެ ލޭންޑް ޔޫސްޕްލޭންއާ އެއްގޮތަށް: އަކްރަމް

އަކްރަމް ވިދާޅުވެފައިވަނީ  މިއީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި އެޗްޑީސީން އާންމުކުރި މައުލޫމާތުތަކެއް ކަމަށާއި އަދި ބިންތައް ދޫކޮށްފައި ވަނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް