ads
ރައީސް ޑރ. މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ގިނަ ދުވަސްވެފައިވާ ކަރަންޓާއި ފެންބިލުގެ ޖޫރިމަނާ ރައީސް މައާފްކޮށްދެއްވައިފި
ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމަވާފައިވާ ކަމަށެވެ.

އަދި އެ ނިންމުން މިހާރު ކަމޭބެހޭ ކުންފުނިތަކަށް އަންގަވާފައިވާކަމަށާއި، ބާކީ ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ވެސް ރައީީސް ވިދާޅުވި އެވެ.

ރައީީސް މިގޮތަށް ނިންމެވިއިރު، ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ވެސް މީގެކުރިން އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެގޮތުން ރޯދަ މަހަކީ އާންމުކޮށް ވެސް ކަރަންޓް ބިލާއި ފެން ބިލު ބޮޑުވާ މަހެއް ނަމަވެސް، މިއަހަރުގެ ރޯދަ މަހުން ފެށިގެން ދެން ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް