ads
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުންފުނިތަކުން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ދޭނަން: އެމްޑީޕީ
ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު އެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެފަދަ އެއްވެސް ކަމެއް ހިނގާ ނަމަ އެކަމާ ގުޅޭ މައުލޫމާތު [email protected] އަށް މެއިލް ކުރުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

"މިޕާޓީގެ ފަރާތުން މިހެން ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތަރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ." އެމްޑީޕީން ބުނެފައިވެ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް ބޭއިންސާފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ކަނޑާނުލާ ކަމަށާއި، ބައެއް ކުންފުނިތަކުގެ ހާލަތު ހުރި ގޮތުން މަސައްކަތް ކުރިއަށް ނުދާ ސައިޓްތަކުގެ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކް އާ ނުކުރަން ނިންމަން މަޖުބޫރުވާކަމަށް ސަރުކާރާއި ކުންފުނިތަކުގެ ބައެއް އިސް ވެރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް