ads
ރޮނާލްޑޯ ޕޯޗުގަލް ޕްރެކްޓިހުގައި
ޗުއްޓީއަށް ފަހު ރޮނާލްޑޯ ގައުމީ ޓީމު ޕްރެކްޓިހަށް
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗުއްޓީއަށް ފަހު ގައުމީ ޓީމާ ގުޅިއްޖެއެވެ.

އިންޓަނޭޝަނަލް ބްރޭކްގައި މިދިޔަ ހަފްތާގައި ޕޯޗުގަލް ކުޅުނު މެޗުގައި ނުކުޅެ ޗުއްޓީގައި ހުރުމަށް ފަހު ރޮނާލްޑޯ މިހާރުވަނީ ގައުމީ ޓީމާ ގުޅި ޕްރެކްޓިހުގައި ބައިވެރިވެފައެވެ. މިދިޔަ ހަފްތާގައި ޕޯޗުގަލް އިން ސްވިޑްންއާ ދެކޮޅަށް ކުޅުނު އިރު ރޮނާލްޑޯ ހުރީ ޗުއްޓީގައި ސައުދީ އަރަބިއްޔާގައެވެ. 

މިދިޔަ ހަފްތާގައި ޗުއްޓީގައި ހުރި ނަމަވެސް މިހާރު ގަައުމީ ޓީމާއެކު ޕޯޗުގަލްގައި ހުރި ރޮނާލްޑޯ، ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑެވެ. އުމުރުން 39 އަހަރުގެ ރޮނާލްޑޯއަކީ ޕޯޗުގަލްގެ ކެޕްޓަންއެވެ. އަދި ކުރިއަް އޮތް ޔޫރޯގައި ކުޅުމަކީ ރޮނާލްޑޯގެ އުއްމީދެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް