ads
ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު (މ) ގައި. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާވަނީ އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅިފައި
ޗުއްޓީ ނަގާވަރުން ހދ އަތޮޅު ކައުންސިލްގެ ރައީސް މަގާމުން ވަކިކުރަން ގާނޫނީ ލަފާ ހޯދަނީ
ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ޗުއްޓީ ނަގަންވާވަރު އެނާ އެ މަގާމުން ވަކިކުރަން ގާނޫނީ ލަފާ ހޯދަން އެ ކައުންސިލުން ފާސްކޮށްފި އެވެ.
Advertisement

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު މިދިޔަ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު ޗުއްޓީ ނެގި ގޮތަށް އަދިވެސް ހުރީ ޗުއްޓީގަ އެވެ. ސިރާޖު ހުރi ޗުއްޓީ އަލުން އިތުރުކުރަން އެދުމުން މި މައްސަލަ ވަނީ ކައުންސިލްގެ ބައްދަލުވުމަށްް އެޖެންޑާކޮށް މަޝްވަރާކޮށްފަ އެވެ. 

ކައުންސިލް ބައްދަލުވުމުގައި ވާހަކަދެއްކެވި ކައުންސިލުން މެމްބަރުން ވަނީ ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނަވާތާ 92 ދުވަސް ވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އެހާ ދުވަހު ޗުއްޓީގައި ހުރުމަށްފަހު އަނެއްކާވެސް ޗުއްޓީއަށް އެދުމުން ކައުންސިލް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިތުރަށް ޗުއްޓީގެ ދިނުމަކީ ބަލައިގަނަވޭނެކަމެއް ނޫންކަމަށް ކައުންސިލްގެ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. 

"އަތޮޅު ކައުންސިލުން ކުރަން ޖެހިފައި ހުރި ބައިވަރު މަސައްކަތް ތަންފީޒުކުރުމާ މިހެންގޮސް ބައިވަރު މަސައްކަތްތައް ހުންނަ އިރުގައި އަތޮޅުކައުންސިލްގައި ޤާއިމުވެ ހަމަ އެކަނި މި ހުންނަވާ ބޭފުޅަކީ ކައުންސިލްގެ ރައީސްކަމަށްވާތީވެ އެހާ ދިގު މުއްދަތެއްގައި އެމަނިކުފާނު ޗުއްޓިގައި ވީއްލާފަ ބެހެއްޓުމަކީ އަތޮޅުކައުންސިލް ހިންގުމަށް ދަތިވާނެ ކަމެއްކަމާމެދު ޝައްކެއްނެތް." ކައުންސިލްގެ ބައްދަލުވުމުގައި މެމްބަރަކު ދެއްކެވި ވާހަކައިގައި ވެެއެވެ.

ކައުންސިލް މެމްބަރުންތަކުގެ މި ޝަކުވާތަކަށްފަހު ކައުންސިލްގެ ރައީސް އެދިފައިވާ ގޮތަށް ޗުއްޓީ އިތުކޮށް ނުދިނުމަށް ވަނީ ޖަލްސާގައި ފާސްކޮށްފަ އެވެ. އަދި 14 މެމްބަރުން ތިބޭ ކައުންސިލްގެ 9 މެމްބަރުންގެ ތާއީދާއެކު ކައުންސިލްގެ ރައީސް މަގާމުން ވަކިކުރުމަށް ގާނޫ ލަފާ ހޯދުމަށް ކަމާއި ބެހޭ އިދާރާތަކަށް ހުށައެޅުމަށް ވަނީ ފާސްކޮށްފަ އެވެ. 

"އަތޮޅުކައުންސިލްގެ ލީގަލް މެދުވެރިކޮށްް ރައީސްގެ މައްސަލަ ރައީސް އޮފީސ،ް މަޖިލިސް އެލްޖ.ީއޭ އަދި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވާކްސް އަށް އެޑުރެސްކޮށް ގާނޫނީ ގޮތުން ރައީސް މަގާމުން ވަކިކުރެވޭނެ ގޮތަކީ ކޮބައިކަން ސާފުކުރުމަށް ލިޔުމަށް" ކައުންސިލުން ނިންމި ނިންމުމުގައިވެ އެވެ.

ކައުންސިލްގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ކައުންސިލްގެ ރައީސް އިސްތިއުފާދިނުމަށްް ގޮވާލާފަ އެވެ. އަދި ގާނޫނީ މުއްދަތު އޮއްވާ އަތޮޅުކައުންސިލަށް ކުރިމަތިލާން ބޭނުންވާ އެހެން މީހުންނަށް ފުރުސަތު ދިނުމަށްވެސް ގޮވާލާފަ އެވެ. 

ހދ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ސިރާޖު އެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ބައިވެރިވި ކުޅުދުއްފުށީ ޖަލްސާގައި ސިރާޖު ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް