ads
މަޓަން ބްރެޑް ރޯލްސް - ފޮޓޯ: އިންޓަނެޓް
ސީއެންއެމް ބަދިގެ: މަޓަން ބްރެޑް ރޯލްސް
ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި މިއަދު މި ގެނެސްދެނީ މަޓަން ބްރެޑް ރޯލްސް ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. ތައްޔާރުކުރުމަށްވެސް މާއުދަގޫ ޑިޝްއެއްވެސް ނޫނެވެ.

ބޭނުންވާ ތަކެތި: 

300 ގްރާމް މަޓަން (މިންސްކޮށްފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
3 ފެހި ތޮޅި މިރުސް (ތުނިކޮށް ކޮށާފައި)
ކޮރިއަންޑާ ފަތް (ޗޮޕްކޮށްފައި)
1 ސްޕްރިންގް އަނިއަން (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް
6 ސްލައިޒް ޕާން ފޮތި (ކްރަސްޓް ނަގާފައި)
ލޮނު
1 ބިސް
އަސޭމިރުސް
ލުނބޯ ހުތް (3 މޭޒުމަތީ ސަމުސާ)
ފުށް (1 މޭޒުމަތީ ސަމުސާ)
ކޯން ފްލާ (2 މޭޒުމަތީ ސަމުސާ)
އެއްޗެތި ތެލުލެވޭވަރަށް ތެޔޮ

ތައްޔާރު ކުރާނެ ގޮތް: 

އެންމެ ފުރަތަމަ މަޓަން، ފިޔާ، މިރުސް، ކޮރިއަންޑާ ފަތް، ސްޕްރިންގް އަނިއަން އަދި ގާލިކް ޕޭސްޓް މިކްސަރެއްގައި މިކްސްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބިސް، ކޯން ފްލާ، ސަމުސާ އާދައިގެ ފުށް، ލޮނު، އަސޭމިރުސް އަދި ލުނބޯ ހުތް އަޅާ ވަރަށް ރަގަނޅަށް އެއްވާވަރަށް މިކްސްކޮށްލާށެވެ.

ދެން ކްރަސްޓް ނަގާފައިވާ ޕާން ފޮތިތަށް ރޯލިން ޕިނަކުން ރަނގަޅަށް ދަމާލާށެވެ. އަދި ދަމާފައިވާ ޕާންފޮތިތަކުގެ މެތީގައި މިކްސްކުރި ބައި ކާއްތާލައި ސުއިސް ރޯލްއެއްހެން އޮޅާލާށެވެ.

އެއަށް ފަހު ތާހެއްގައި ތެޔޮ ހޫނުކޮށްފައި މަޑުގިނީގައި ބެހެއްޓުމަށް ފަހު ރޯލްކޮށްފައިވާ މަޓަން ބްރެޑް ރޯލްސް ރީނދޫ ވެލަންދެން ތެލުލާށެވެ. މިހާރު ތިހުރީ މަޓަން ބްރެޑް ރޯލްސް ތައްޔާރުވެފަ އެވެ. މިއީ ސޯސްއާއެކު ކާލަން މީރު އެއްޗެކެވެ. އަޖުމަބަލާލާށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް