ads
ރޭ ޕީއެންޕީން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ސުވާލުކުރައްވަނީ
ސަރުކާރުން ތިލަފުށީ ޕޯޓް ދެނީ ދުބާއީ ބަޔަކަށް، މީ ބޮޑު ޖަރީމާއެއް: ޔާމީން
ތިލަފުށީ ޕޯޓް މި ސަރުކާރުން ދުބާއީ ޕޯޓްސް ވޯލްޑް (ދުބާއީ ވޯލްޑް) އަސް ދޭން އުޅޭކަމަށާއި މީ ހިންގާ ބޮޑު ޖަރީމާއެއްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު އުފައްދަވަން އުޅޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންޕީ) މަޖިލީހަށް ނެރޭ ކެންޑިޑޭޓުން ތައާރަފުކުރުމަށް ބާއްވާ ސުވާލާ ޖަވާބުގައި ރޭ ވާހަކަދައްކަވަމުންނެވެ. 

ތިލަފުށިން ބިން ވިއްކުމަށް މި ސަރުކާރުން ހުޅުވާލި ހުޅުވާލުމާއި ގުޅުވާ ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ވަރިކަމުގައި އެމިރޭޓްސްއަށް ކުރެއްވި 2 ދަތުރުގައިވެސް ތިލަފުށި ފޯޓް ހޯދަން ދުބާއީ ވޯލްޑުން އެދުނުކަމަށެވެ.  

"އެ ޕޯޓު އެއޮތީ ނުދީފައި. ސަބަބަކީ އަޅުގަނޑުމެން ހިސާބު ހެދިއިރު މާލޭގައި ކޮންޓިނެންޓަލް ޓާމިނަލެއް ހެދުމަށް އޭރު ބޭނުންވާ ވަސީލަތުން 80 ވަރަކަށް ޑޮލަރުން އެކަން ކުރެވޭ. އެއީ ފަށައިގަތުން،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ތިލަފުށި ޕޯޓް ރާއްޖޭގައި އޮންނަން ޖެހޭ ސަބަބުތައް އެބަހުރިކަމަށެވެ. އެގޮތުން ބޮޑެތި ބޯޓުތައް ރާއްޖެ ހުރަސްކޮށް ނޫނީ ދަތުރު ނުކުރާނެކަމަށާއި ދުބާއީ ވޯލްޑަށް 100 ވަރަކަށް އަހަރަށް ކުއްޔަށްދޭއިރު ސއެއިން މާބޮޑު އެއްޗެއް ރާއްޖެއަށް ނުލިބޭނެކަމަށެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި އެތަން ނުދީ އެއީ ރާޢްޖެއަށް ކުރެވޭވަރުގެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ. 

"ހުރިހާ ބޯޓުފަހަރެއް ތްރޫފުޓް މެދުވެރިކޮށް ދާކަމަށް ވަންޏާ މިއީ ރަން ވަޅެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދުބާއީ ވޯލޑުން ކޮޗިންގައި މިއަށް ވުރެ ބޮޑު ޕޯޓެއް ހަދާފައިވާތީ ރާއްޖޭގައި ހަދާ ޕޯޓް ދުވަހަކުވެސް އިންޓށާނޭޝަނަލް ޕޯޓަަކަށް ނުވާނެކަމަށެވެ. އޭގެ ބަދަލުގައި ވެގެންދާނީ ކޮޗިން ޕޯޓްގެ ސެޓްލައިޓަށްކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން އަމިއްލަ ޕޯޓެއް ހަދައިފިނަމަ އެ ޕޯޓތު ކޮޗިންގައި އޮތ ޕޯޓާއި ވިޔަފާރީގެ ގޮތުން ވާދަކުރެވޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

ތިލަފުށިން ސިނާއި ބޭނުންތަކަށް ހާއްސަކޮށްފައިވަ ސަރަހައްދުން ބީލަމުގެ އުސޫލުން ބިންގަތުމުގެ ފުރުސަތު ހުޅުވާލީ މިދމަހުގެ 20 ވަނަދުވަހުއެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށިން ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ 2 ޕްލޮޓް ބިޑަށް ހުޅަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް