ads
ސަރުކާރުން ބޭއްވި އީދު ހަރަކާތުގައި ރައީސް މުއިއްޒު
އީދު ހަރަކާތުން ރައްޔިތުން އިދިކޮޅަށް ރީތި ޖަވާބެއް ދީފި: ފަލާހު
ފިޠުރު އީދު ދުވަހު ބޭއްވުނު ހަރަކާތްތަކުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުން ރީތި ޖަވާބެއް ދީފައިވާ ކަމަށް، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މި ގައުމު ދެކޭނެ، ގައުމަށް އެންމެ އަމާނާތްތެރި އަދި ރައްޔިތުންނަށް އެންމެ އޯގާތެރި ރައީސް ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވެފައިވަނީ ރައީސްގެ ދެކަނބަލުން ބޭއްވި އީދު ސަލާމާއި އީދު ހަވީރުން ވަރަށް ގިނަ ވާހަކަތައް ދޭހަވެގެން ދިޔަ ކަމަށެވެ. 

"ދިވެހި ރައްޔިތުންގެ ރައީސަކީ ރައީސް މުއިއްޒު ކަމާއި، ދިވެހި ގައުމުގެ ވީރާނާވެފައިވާ އިޖުތިމާއީ އެއްބައިވަންތަކަމާއި ގައުމީ ލޯބި އަނބުރާ ގެނެސްދެވޭނެ ވެރިޔަކީވެސް ރައީސް މުއިއްޒު ކަން ކަށަވަރުވެފައިވާ،" ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

އިއްޔެ ހަވީރު ބޭއްވި އީދުގެ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި ރައްޔިތުންނާއި ގާތުން ބައްދަލުކޮށް ރައްޔިތުންގެ އުފަލުގައި ރައީސް އާއި މެޑަމް ސާޖިދާ ވަނީ ބައިވެރިވެވަޑައިގެން އީދު އުފާ ފާޅުކޮށްފައެވެ. މިއީ އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުން ދިން ޖަވާބެއް ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ.

ރޯދަ މަހު މާލޭގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ބާއްވާފައިވާއިރު، ރޯދަ މަހުގެ ފަހު 10 ދުވަހަށް އެ މުޒާހަރާތައް މެދުކަނޑާލާފައިވެއެވެ. ނަމަވެސް ރޯދަ މަހަށްފަހު އަލުން މުޒާހަރާތައް ފަށާނެ ކަމަށް އެމްޑީޕީން ކުރިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް