ads
ގުލުހުން އަތުލައިގެން މަސްތުވާތަކެތި ތަކެއް ނައްތާލަނީ
މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށްލައި 10.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ފުލުހުން ހާމަކޮށްފައިވާ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ކްރިމިނަލް ކޯޓުގައި މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެއްގައި ވަނީ ގޮތް ނިންމާފައެވެ.

ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން 95 ޕަސަންޓު މައްސަލަ ވަނީ ސާބިތުވެފައެވެ. އަދި މި މައްސަލަތަކުގައި 20 ފަރާތެއް އުމުރަށް ޖަލަށްލުމަށާއި 10.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ޑްރަގް އެންފޯސްމަންޓުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބަލައި ފާސްކުރެވުނު މީހުންގެ އަދަދު 9300 އިން 12000 އަށް އިތުރުވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ މިންވަރު 123 ކިލޯއިން 654 ކިލޯއަށް އިތުރުވެފައިވެއެވެ.

ފުލުހުންގެ ހިދުމަތުން އިތުރަށް ހާމަކޮށްފައިވަނީ ކޯޓުގައި ސާބިތުވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު އިތުރުވެފައިވަނީ ފުލުހުންގެ މަސައްކަތްތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

22%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް