
މި މުއްދަތުގައި މާލެ ސަރަހައްދުގައި ދިވެހި ޕާސްޕޯޓްގެ ހިދުމަތް ދޭނީ 65 އަހަރުން މަތީގެ ފަރާތްތަކަށާއި، އެހެނިހެން ހާއްސަ ހާލަތްތަކުގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމަށް މާލެ އޮފީހުން ހިދުމަތް ދޭނީ ހެނދުނު 9:15 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީވެސް މި ގަޑީގައި ކިއުބީ މެދުވެރިކޮށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހެޅުމުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެއެވެ.
އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑީވިޝަންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ސީޕޯޓްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށެވެ. ހުކުރު ދުވަހު ސީޕޯޓްގެ ހިދުމަތް ލިބޭނީ މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށެވެ.
މީގެ އިތުރުން، މެޑިކަލް އެމަޖެންސީއެއް ދިމާވެއްޖެނަމަ 9555333 އަށް ގުޅުމަށާއި، ވިސާގެ އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ 9199153 އަށް ގުޅުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ. މި ހިދުމަތްތަކުގެ ގަޑިތައް ކަނޑައަޅާފައިވަނީ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހަށް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.