ads
ޑްރޯންގެ އެހީގައި ރާއްޖެ ބެލެހެއްޓުމަށް ފެށުން ފޮޓޯ: ރައީސް އޮފީސް
ޑްރޯން ދުއްވަން ބޭރު ސިފައިން ނުތިބޭނެ: ރައީސް
ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގެނައި ޑްރޯންތައް ދުއްވަން ބޭރުގެ އަސްކަރިއްޔާގެ އެއްވެސް ބަޔަކު ރާއްޖޭގައި ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ ރައީސްގެ ޖަވާބުގައި މިއަދު ސުވާލުކުރި މީހާ ސުވާލަކަށްވީ ރާއްޖެއަށް ގެނައި ޑްރޯންތައް ދުއްވަން ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ތިބެދާނެތޯއެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ނުގެންގުއްވާނެ ކަމަށެވެ. 

"އިހަށް ދުވަހު މި ތައާރަފުކުރި ސިފައިންގެ އެއާކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެ ކަމަށް އެހީތެރިވާން ވެސް ރާއްޖެއަކު ނުތިބޭނެ، " އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޑްރޯންތައް ދުއްވަން ދިވެހި ސިފައިން ތަމްރީނުކުރާނެކަމަށެވެ. މިހާރުވެސް ދިވެހި ސިފައިންގެ ޓީމެއް ތަމީރުނުތަކުގައި ތުރުކީގައި ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެގެން ރާއްޖެ ގެނައީ އަސްކަރީ ދެ ޑްރޯން އެވެ. އެކަމަކު، ކުރިމަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމައިފަ އެވެ.

އެމްއެންޑީއެފުން ބުނީ، އަސްކަރީ ދެ ޑްރޯން އަދި އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި "އަންމޭންޑް" އަދި "މޭންޑް" ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފުކުރުން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް