ads
ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ގޮސް ފޮތި ދެމި ޕޯސްޓަރު: މި މައްސަލައިގައި މާރާމާރީ ހިންގާފައިވޭ - ފޮޓޯ: ފޭސްބުކް
އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލަ އެއް
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒުފޯރުވުމަށް އުސޫލުން ބޭރުން ސަރުކާރު ކުންފުނިތަކުން ވަޒީފާ ދެމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ މި މައްސަލަ ހުށަހެޅުއްވީ އޭޕްރީލް 21ގައި ބާއްވާ މަޖިލީސް އިންތިހާބާ ދިމާކޮށް، އެ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ، އެއްވެސް އުސޫލެއް ހަމައެއް ނެތި ދެމުންދާ ކަމަށް ބުނެ އެވެ.

"މިގޮތުން ބައެއް ކުންފުނިތަކުން އެއްފަހަރާ 30-40 ވަޒީފާ އިއުލާނު ނުކޮށް އެކި ފަރާތްތަކަށް ދެމުންދާއިރު އެ ވަޒީފާއަށް މީހުން ހަމަޖައްސަނީ ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން ޝަރުތު ކުރުމަށް ފަހު ކަމަށް ވަޒީފާ ލިބޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުން," ޔޫނުސް ވިިދާޅުވި އެވެ.

މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށާއި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މަގާމު ބަދަލުކޮށް ވަޒީފާ އަދާކުރާތަން ބަދަލުކުރުންފަދަ ކަންކަންކުރަމުންދާ ކަމަށެވެ. މިކަންކަމަކީ އެޗްއާރްސީއެމްއިން ބަލައި ފިޔަވަޅު އަޅަންޖެހޭފަދަ އަމަލުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ވަގުތަށް ހުއްޓާލުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

އަންނަ މަހު 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީއާ ދެމެދު އަންނަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް